ads
- ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ
މިއަހަރު ފަތުރުވެރިން ރާއްޖެއަށް އައި އަދަދު 10 ޕަސަންޓު އިތުރު ވެއްޖެ
މިއަހަރު ދިވެހިރާއްޖެއަށް ފަތުރުވެރިން ރާއްޖެއަށް އައި އަދަދު 10 ޕަސަންޓު އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 10.2 ޕަސަންޓު އިތުރުވެފައެވެ.

މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,421,769 ފަތުރުވެރިންނެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,133,654 ފަތުރުވެރިންނާއި އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދިވެސް އެއްވަނައިގައި އޮތް އިރު، އެ ޤައުމުން މިހާތަނަށް 207,749 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ޖުމްލަ ފަތުރުވެރިންގެ 14.6 އިންސައްތައެވެ. ދެ ވަނަ އިގައިވަނީ ރަޝިޔާ (154,178 ފަތުރުވެރިން) އަދި ތިންވަނައިގައި އިނގިރޭސިވިލާތް (121,903 ފަތުރުވެރިން) ހިމެނެއެވެ.

މީގެއިތުރުން، ރާއްޖޭގައި މިހާރު ފަތުރުވެރިކަމަށް 1,222 ތަނެއް ހިންގަމުންދާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި 174 ރިސޯޓާއި، 881 ގެސްޓްހައުސް، 153 ސަފާރީ އަދި 14 ހޮޓެލް ހިމެނެއެވެ. މި ތަންތަނުގައި ޖުމްލަ 62,778 އެނދު ފަތުރުވެރިކަމަށް އޮޕަރޭޓްކުރެވެއެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދަނީ ހަލުވި ދުވެލީގައި ކުރިއަރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް