ads
ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ތެރެއިން
ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖްގެ 2 ވަނަ މުބާރާތް ފަށައިފިއެވެ.
Advertisement

ދިޔަމިގިލީ ފުޓްސަލް ދަނޑުގައި އޮތް މި މުބާރާތް ފައްޓަވައިދެއްވީ ދިޔަމިގިލީ ކައުންސިލްގެ ރައީސް އަހްމަދު މޫސާއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ މަގުކޮޅު އާއި ސްޕޯރޓްސް ކުލަބް ސަމްޕީޒް އެވެ. 3:0 އިން ސަމްޕީޒް އިން މެޗް ކާމިޔާބުކުރިއިރު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަމްޕީޒް ގެ ޖާރޒީ ނަންބަރު 20 އާދަމް ނާސިހް(އާދަންނާ)އެވެ.

މި މުބާރާތުގެ 2 ވަނަ މެޗްގައި ބައްދަލްކުރީ ކުލަބް ބުރޭވް ޝޫޓް އާއި ކޮއްތު ޓީމްއެވެ. 5:1 އިން މިމެޗް ކާމިޔާބުކުރީ ބުރޭވް ޝޫޓްއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރޭވް ޝޫޓްގެ ޖާރޒީ ނަންބަރު 10 މުޙައްމަދު ހުސާމެވެ.

ދިޔަމިގިލީ ކައުންސިލުން އިންތިޒާމްކޮށް '' ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖް 2024'' ނަމުގައި ކުރިއަށްގެންދާ މިމުބާރާތަކީ ދިޔަމިގިލީގެ ރައްޔިތުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވާދަކުރެވޭނެ ގައުމީ ފެންވަރުގެކުޅުންތެރިނާއި ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ މެދުގައި އެކުވެރިކަން ގާއިމް ކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއްކަމަށް ދިޔަމިގިލީ ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވިއެވެ.

މިމުބާރާތުގެ މެޗްތަކުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަހުގެ 15 އިން 22 ގެ ނިޔަލަށް ދިޔަމިގިލީ ފުޓްސަލް ދަނޑުގައެވެ. މިމުބާރާތުގައި ފަސް ޓީމް ބައިވެރިވެފައިވެއެވެ. އެއީ ކުލަބް ބުރޭވް ޝޫޓް އާއި ސްޕޯޓް ކުލަބް ސަމްޕީޒް އާއި މަގުކޮޅުއާއި އެފްސީ ކޮއްތުގެ އިތުރުން ކުލަބް ބަސްދީއެވެ.

މިމުބާރާތުގެ މެޗްތައް ދިޔަމިގިލީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާނެއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ.އާއި ޗެމްޕިއަން ޓްރޮފީ އަދި ރަން މެޑެލް ، ރަނަރއަޕް ޓީމަށް 7000ރ. އާއި ރިހި މެޑެލް ދިނުމަށް ހަމަޖެހިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް