ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާ ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމުވެސް ދާއޫދު އަދާކޮށްފައިވެ އެވެ. ދާއޫދަކީ ހުޅުމާލޭ ފޮލިސް ސްޓޭޝަން ހެޑް ވެސް މެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދާއޫދަށް ޕްރޮމޯޝަން ހަވާލުކޮށްދެއްވީ ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަކީ ދިވެހި ފުލުހުންގެ ހިދުމަތުގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ.