ކުޅިވަރު ވުޒާރާ ސެމީއަށް ދިޔައީ ކުއާޓާ ފައިނަލްގައި ރޭ ޑީޖޭއޭ ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ. މިއީ މުބާރާތުގައި ޑީޖޭއޭ ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ޑީޖޭއޭއިން ހޯދީވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި އަހަރުވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކާ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުން ޑީޖޭއޭ މޮޅުވިއެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލް މެޗުގައި، ކުޅިވަރު ވުޒާރާ ނުކުންނަން ޖެހޭނީ ރޭ ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި، ތައުލީމީ ގުޅުން އަތުން 3-1 އިން މޮޅުވި، ޓީމު ބަދަހިއާ ދެކޮޅަށެވެ.