ads
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު
ހިޖުރަ ކުރަން ބޭނުންވެ އެދިއްޖެނަމަ ކޮށްދެވޭނެތޯ ބަލާނަން: ހީނާ
ރަސް ބަދަލުކޮށް އެހެން ރަށަކަށް ހިޖުރަކުރަން އެދިއްޖެނަމަ އެކަން ކޮށްދެވޭނެ ގޮތެއް އޮތްތޯ ސަރުކާތުން ބަލާނެކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހިނާ ވިދާޅުވީ އެއްވެސް ރަށެއް ފަޅުކޮށް އެހެން ރަށަކަށް ހިޖުރަކުރަން އެއްވެސް ބަޔަކަށް މި ސަރުކާރުން މަޖުބޫރު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ރަށަކުން އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވެގެން ބަޔަކު އެދިއްޖެނަމަ އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ސަރުކާރުން ބަލާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރެއްވި 20 އަހަރުގެ ތަރައްގީގެ ޕްލޭނާއި ގުޅުވާ ހިނާ ވިދާޅުވީ ރައީސްގެ އެ ޕްލޭނުގައި ތަރައްގީ ލާމަރުކަޒު ކުުރުމުގެ ސިޔާސަތެއް އެބައޮތްކަމަށެވެ. އެހެންކަމުން  ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ހިޖުރަކުރުމާއި ގުޅޭ ފަދަ މުހިއްމު ކަންކަމަށް ރައްޔިތުންނާއި މަޝްވަރާކޮށް ގޮތެއް ނިންމިދާނެކަން ހިނާ ފާހަގަކުރެއްވިއެވެ. 

ގައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި އެކުލަވާލަން މަސައްކަތް ކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާއި، ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށާއި އަދި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަންވެސް ލިބޭނެކަން ރައީސް ވަނީ ވިދާޅުވެފައެވެ. 

ދާދި ފަހުން ރާއްޖޭގެ ދެ ރަށެއްގެ ރައްޔިތުން ވަނީ އެމީހުން އެހެން ދެ ރަށަކަށް ބައްދަލުކޮށްދިނުމަށް އެދިފައެވެ. އެގޮތުން ހދ. ހިރިމަރަދޫ ރައްޔިތުން ވަނީ އެމީހުން މާލެ އަތޮޅު ތުލުސްދޫއަށް ބަދަލުކޮށް ދިނުމަށް އެދިފައެވެ. އަދި އޭގެ ފަހުން މ ރަތްމަންދޫ ރައްޔިތުންވެސް ވަނީ އެ ރަށުން ބާލާ ރަސްމާލެއަށް ބަދަލުވާން ބޭނުންކަން ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް