ބަނޑުހައިވެގެން ކަމަށް ބުނެ ވައްކަން ކުރީ، އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވައްކަން ކުރީ ބަނޑުހައި ވެގެން ކަމަށް ބުނެ ނަމަވެސް އޭނާ ވަގަށް ނަގާފައިވަނީ ކާއެއްޗެއް ނޫން ކަމަށް އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގެއެވެ. އޭނާވަނީ ވައްކަމުގެ މައްސަލައާއި ގުޅިގެން 15 ދުވަހަށް ބަންދުކޮށްފަ އެވެ.
ބަންދު އަމުރުގެ މަޖިލީހުގައި މި މައްސަލައިގައި ހިމެނޭ މީހާ ބުނެފައިވަނީ އޭނާ ވައްކަން ކުރީ މަސައްކަތެއް މިދުވަސްކޮޅު ނުލިބޭތީ ލާރި ނެތުމުން ބަނޑުހައި ވެގެން ކަމަށެވެ. އޭނާއަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.
މި ދުވަސްވަރު މާލޭގައި ވައްކަމާއި ފޭރުން ފަދަ ކުށްތައްވަނީ އިތުރުވެފަ އެވެ.