މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދައުވަތަކަށް ކުރާ ދަތުރެއްކަމަށް ޕީއެންސީން ބުނެއެވެ. މި ދަތުރުގައި ޕީއެންސީގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންކަމަށްވެސް އެޕާޓިން ބުނެ އެވެ.
މި ދަތުރުގައި ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކޮށް. އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެލުމަށް ހަމަޖެހިފައިވާކަމަށް ޕީއެންސީން ބުނެ އެވެ.
މީގެއިތުރުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯ އާ ބައްދަލުކުރުން އޮންނާނެކަަމަށާއި އެ ޑިޕާޓުމެންޓުގެ ޑެޕިއުޓީ މިނިސްޓަރު ދޭ ހާއްސަ ޖާފަތެއް އޮންނާނެކަމަށްވެސް ޕީއެންސީން ބުނެ އެވެ.
މި ދަތުރު ނިންމާލުމަށްފަހު މި ޓީމު ރާއްޖެ އަންނަނީ މިމަހުގެ 26 ގައިކަމަށް ޕީއެންސީން ބުނެ އެވެ.