ads
މިނިސްޓަރު އާދަމް ނަސީރު
ދާރުލް އާސާރުތަކުން ލިބޭ އާމްދަނީން ދެކޮޅުޖެއްސޭނެކަމުގެ ފެހި ސިގުނަލެއް
އަލަށް އުފައްދާ ދާރުލް އާސާރުތަކުން ލިބޭ އާމްދަނީން ދެކޮޅުޖެއްސޭނެކަމުގެ ފެހި ސިގުނަލެއް ހެރިޓެޖް މިނިސްޓަރު އާދަމް ނަސީރު ދެއްވައިފި އެވެ.
Advertisement

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ޒަމާނުއްސުރެއް ކަންކުރެވެމުން އާގޮތުން ދިވެހި ރާއްޖޭގެ ތަރިކައިގެ ދާއިރާ ވެފަ އޮންނަނީ ހަރަދުގެ ދާއިރާއަކަށް ކަމަށާއި ހަރަދުކުރަން ޖެހި، އެއިން ބަދަލެއް ނުލިބޭ ދާއިރާއަކަށް ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުހައްމަދު މުއިއްޒިގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި، ސަގާފަތާއި ތަރިކައިން އާމްދަނީ ލިބޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެކަމަށް އިއުލާނުކުރައްވާފައިވާކަން ފާހަގަކޮށް އާދަމް ނަސީރު ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީގައި ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މިފަހަރުގެ ސްޓްރެތެޖިކް ޕްލޭންގައި އެކަންކަން އެކުލަވާލާފައި އޮންނާނެ ކަމަށެވެ. 

"އޭގެ ދަށުން އިރާދަކުރެއްވިއްޔާ އެގޮތަށް އަޅުގަނޑުމެންގެ ކަންކަން ބައްޓަން ކުރެވުނީމާ ޒަމާނީ ޓެކްނޮކޮޖީއާއި މިޒަމާނުގައި ތަރިކާގެ ދާއިރާ ދުނިޔޭގެ އެހެން ތަންތަނުގައިވެސް އާމްދަނީ ހޯދަން ބޭނުން ކުރާގޮތަށް ކަންކަން ފަރުމާ ކުރީމާ، ރޭވިގެން ދިޔައީމާ ރާއްޖެއަކީ ވަރަށް ދުވަސްވީ ވަރަށް ގަދީމީ ރާއްޖެ އަޅުގަނޑުމެން މިތާ ވަޒަންވެރިވެގެން އުޅޭތާ އާންމުކޮށް 4000 ހެއްހާ އަހަރު ވެދާނެޔޭ، ވަރަށް ގިނަ ވާހަކަތައް އެބައޮތް އެ ޖެހޭނީ އަޅުގަނޑުމެން އާމްދަނީ ލިބޭގޮތަށް ބަދަލުކުރަން އެދުވަހެއް ގެނެވުނީމާ އިރާދަކުރެއްވިއްޔާ ތިޔަ ނުތަނަވަސްކަމަށް ހައްލެއް ލިބޭނެ" މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.

އޭގެއިތުރުން ރާއްޖޭގެ ތަރިކައަކީ ދިރިއުޅުމުމުގެ ބަޔަކަށް ވުމުގެ އިތުރުން ގައުމީ އާމްދަނީގައިވެސް ތަރިކަ ހިމެނިގެން ދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

ދާދިފަހުން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ރައްޔިތުންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ނަސިރު ވަނީ ދާރުލްއާސާރުތައް ތަރައްގީކުރުމަށް ނިންމާފައިވަނީ އާމްދަނީ ލިބޭނެ ގޮތަކަށްކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާރުލްއާސާރުތައް ބިނާކުރުމަކީ އަމާޒެއްކަމަށް ފާހަގަކޮށް އާދަމް ނަސިރު ވިދާޅުވީ މި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެކަމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރާއްޖޭގައި އޮތް ހަލޯރާތް ދެމެހެއްޓުމަށްޓަކައި މިފަދަ ދާރުލްއާސާރުތައް ތަރައްގީކުރުމަކީ މުހިއްމުކަމެއްކަމަށް ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް