ads
އުރްވަޝީ--
އަނެއްކާ ވެސް ޓްވީޓެއް ކޮޕީ ކުރިކަމުގެ ތުހުމަތު އުރްވަޝީއަށް!
އަނެއްކާ ވެސް ނޫސްތަކުގެ ފަލަ ސުރުހީއަށް ބޮލީވުޑުގެ ބަތަލާ، އުރްވަޝީ ރައުޓޭލާގެ ނަން އަރާފައި މިވަނީ ނުބައި ސަބަބަކާ ހުރެ އެވެ. މިފަހަރު ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުން އަންނަނީ އެކްޓަރު ސިދާތު މަލްހޯތްރާގެ ޓްވީޓެއް ކޮޕީ ކުރިކަމުގެ ތުހުމަތާއެކު އެވެ. މިއީ މިފަދަ ތުހުމަތެއް އޭނާއަށް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

މުމްބާއީ ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް އެމީހުންގެ ހިތްވަރަށް ތައުރީފްކޮށް ސިދާތު ކުރި ޓްވީޓް، މާގިނަ އިރުތަކެއް ނުވެ އުރްވަޝީ ވެސް ވަނީ ކޮށްފަ އެވެ. ސިދާތު ކުރި ޓްވީޓާއި އުރްވަޝީ ކުރި ޓްވީޓުގައި މާބޮޑު ތަފާތެއް ނެތެވެ. 

މީގެ ކުރިން ވެސް އުރްވަޝީ ވަނީ ނިއުޔޯކްގެ މަޝްހޫރު ލިޔުންތެރިއަކު ކުރި ޓްވީޓެއް ހަމަ އެގޮތަށް ކޮށްފަ އެވެ. އެ ފަހަރު ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވި އެވެ. 

ޕާގަލްޕަންތީގެ ތަރި އުރްވަޝީއަށް މިފަހަރު ގިނަ ބަޔަކު ފާޑުކިޔަމުން ބުނެފައި ވަނީ އަމިއްލައަށް ފުލުހުންނަށް ތައުރީފްކޮށް ޓްވީޓެއް ކުރަން ނޭނގެނީތޯ އެވެ. އަނެއް ބަޔަކު ވަނީ ކުރިން ކުރިމަތިވި ފާޑުކިޔުންތައް ހަނދާން ނެތުނީތޯ ސުވާލުކޮށްފަ އެވެ. 

އުރްވަޝީ ވަނީ "ހޭޓް ސްޓޯރީ 4" އާއި "ސަނަމް ރޭ" އާއި "ކާބިލް" އަދި "ގްރޭޓް ގްރޭންޑް މަސްތީ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެނާ އެންމެ ފަހުން ފެނިގެން ދިޔައީ "ޕާގަލް ޕަންތީ" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް