ads
ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް ޑރ. މުއިއްޒު ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭ
ފަގީރު ހާލަތުގައިވާ ތެލްސީމިއާ ކުދިންނަށް 10 މިލިއަން ރުފިޔާ ހަރަދުކުރަން ދީފި
މިއަހަރު ތެރޭގައި ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ހަރަދުކުރުމަށް 10 މިލއަން ރުފިޔާ ހެލްތް މިނިސްޓްރީއަށް ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ފަގީރުންގެ ތެރޭގައި ބޯން މެރޯ ހެދުމަށް ބޭނުން ޖެހިފައިވާ އެކި އެކި ފަރާތްތައް ތިބިކަމަށެވެ.

އޭގެތެރޭގައި ލޭއަޅާ ކުދިން އަދި މައިން ބަފައިން ދަތި ހާލުގައި އުޅޭ ކަަމަށްފާހަގަކޮށް ޝަހީމް ވިދާޅުވީ މިއަހަރު ތެރޭގައި ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ހަރަދުކުރުމަށް 10 މިލިއަން ރުފިޔާ ހެލްތް މިނިސްޓްރީއަށް ހަވާލުކޮށްފައިވާކަމަށެވެ.

ޒަކާތު ފަންޑަކީ ހަމައެކަނި ކޭޝް ފައިސާގެ ގޮތުގައި ބަހަން ބޭނުން ކުރެވޭ އެއްޗަަކަށް ވުރެ ބޮޑަށް ފަގީރު މީހާއަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި އޭނާއަށް އުފާވެރިކަން ގެނެސް ދިނުމަކީ ވެސް އެ ފަންޑުގެ މަގްސަދެއް ކަމަށް ޝަހީމް ފާހަގަކުރެއްވި އެވެ.

your imageއިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.-- ފޮޓޯ: މިނިސްޓްރީ

ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފަ އެވެ.

ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމަށް ވެސް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުން ގިނަ ގައުމެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް