ads
ޕްރީއޯޑާ ކުރަން ފެށޭ ގަޑިއަށް އުރީދޫއިން ވަނީ ކައުންޓްޑައުންއެއް ވެސް ފަށައިފައި -
އުރީދޫއިން އައިފޯން 16 ގެ ޕްރީއޯޑާއަށް ހުކުރުދުވަހު ހުޅުވައިލަނީ
އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 16 އަށް ޕްރީއޯޑާ ކުރަން އަންނަ ހުކުރުދުވަހު ހުޅުވާލާނެކަން އުރީދޫ މޯލްޑިވްސް އިން އިއުލާންކޮށްފި އެވެ.
Advertisement

އުރީދޫ އިން ބުނީ އައިފޯން 16 އަށް ޕްރީއޯޑާ ކުރަން ހުޅުވާލާނީ ހުކުރުދުވަހުގެ ރޭ 12:00 ޖަހާއިރު ކަމަށެވެ.

އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އާ އޭ18 ޗިޕް ހިމަނައިގެން، ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަގަޅުކުރެވިފައިވާ މޮޑެލް ތަކެކެވެ.

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕްގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެކެވެ.

އުރީދޫ އަކީ ރާއްޖެއަށް އެންމެ ފަހުގެ ފޯނާއި ޓެކްނޮލޮޖީ ތައާރަފް ކުރުމުގައި އެންމެ ފާހަގަކުރެވޭ އެއް ކުންފުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް