ފުލުހުން ބުނީ މާފަންނު، ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާއިން ދޮރެއްގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓުނު ކަމުގެ ރިޕޯޓު މިރޭ 7:12 ހާއިރު ލިބުނު ކަމަށެވެ.
އެ ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެމީހާ އަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.