ads
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ 16 ބިދޭސީއަކު ހައްޔަރުކޮށްފި--- ފޮޓޯ/ އިމިގްރޭޝަން
ވަގު ވިޔަފާރި ކުރަމުން ދިޔަ 16 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ގަވާއިދާ ހިލާފަށް ވަގަށް ރާއްޖޭގައި ވިޔަފާރި ކުރަމުން ދިޔަ 16 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މިމީހުންނަކީ އާއްމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް މާލެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ބައެއްކަމަށެވެ.

އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން އިކޮނޮމިކް މިނިސްޓަރީއާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީން ހޯދައި، އެ ފަރާތްތައް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީގެ 26 ޕަސެންޓަކީ ބިދޭސީންނެވެ. މި ސަރުކާރުން އަންނަނީ ހުރިހާ ބިދޭސީންނާ ގުޅޭ މައުލޫމާތު އެއްކޮށް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެ މަސައްކަތްތަކުގެ ތެރެއިން، ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެ ވިޔަފާރި ކުރަމުން އައި ކަމަށް ފާހަގަވި 3،522 ބިދޭސީން ފާއިތުވި ނުވަ މަސް ތެރޭގައި ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް