ads
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ގެންގުޅުނު ޕޭޖަރުތަކުގެ ތެރެއިން ޕޭޖަރެއް އިއްޔެ ގޮވާފައި. މިއީ އިޒްރޭލުގެ އަމަލެއް ކަމަށް ހިޒްބުﷲ އިން ބުނޭ.
ހިޒްބުﷲ މެންބަރުންގެ ވޯކީޓޯކީތަކެއް ގޮވައި ހަ މަރު
ލުބްނާންގައި މިއަދުވެސް އެއްފަހަރާ ޑިވައިސްތަކެއް ގޮއްވާލައިފި އެވެ.
Advertisement

ލުބްނާންގެ އަލްޖަދީދު ޓީވީން ބުނި ގޮތުން މިއަދު ގޮއްވާލާފައި ވަނީ ހިޒްބުﷲ ހަނގުރާމަވެރިން ބޭނުންކުރާ ވޯކީޓޯކީތަކެކެވެ.

އިއްޔެ ވަނީ އިޒްރޭލާ ދެކޮޅަށް ހަމަލާ ދެމުން ގެންދާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން މުއާސަލާތުކުރުމަށް ބޭނުންކުރާ ޕޭޖަރުތައް ގޮވުމުގެ ސަބަބުން ބާރަ މީހަކު މަރުވެ 2،900 މީހަކު ޒަހަމްވެފަ އެވެ.

އިއްޔެ އަދި މިއަދު ހިޒްބުﷲ ހަނގުރާމަވެރިން ނަށް ހަމަލާ ލިބުނު ގެއްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފަ އެވެ.

ލުބްނާންގެ ސަލާމަތީ ދާއިރާގެ އިދާރާތަކުން ބުނީ, ހިޒްބުﷲން އެ ވޯކީޓޯކީތައް ގަނެފައި ވަނީ, މީގެ ފަސް ވަރަކަށް މަސް ކުރިން ޕޭޖަރުތަކާ އެއް ދުވަސް ވަރެއްގައި ކަމުގަ އެވެ. ގޮވާތަކެތި ހަރު ކޮށްގެން ގޮއްވައިލާފައިވާ ޕޭޖަރުތަކަކީ ތައިވާނުގެ ކުންފުންޏެއް ކަމުގައިވާ ގޯލްޑް އެޕޯލޯން އުފައްދާފައިވާ އެއްޗެކެވެ. ނަމަވެސް, އެ ކަމުން ބަރީއަވުމުގެ ގޮތުން އެ ކުންފުނިން ވެސް ވަނީ, އެ ޕޭޖަރުތަކަކީ ހަންގެރީގައި ހުންނަ ބީއޭސީ ކުންފުނިން އުފައްދާފައިވާ އާލާތްތަކެއް ކަމަށް ބުނެފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޕޭޖަރުތައް އަދި ޓޯކީތައް ގޮވުމަކީ އިޒްރޭލުގެ އަމަލެއް ނަމަ އެއީ ވަރަށް ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެކެވެ.  

އިޒުރޭލުގެ ކިބައިން މިކަމަށް ބަދަލުހިފާނެ ކަމަށްވެސް ހިޒްބުﷲ ޖަމާއަތުން ބުންޏެވެ. އަދި ދިލަ ގަދަ ހަމަލާތަކަކަށް އިންތިޒާރުކުރުމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް