ads
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ
ސްޓޫޑަންޓް ލޯންގެ ގޮތުގައި މިހާތަނަށް 473 މިލިއަން ދޫކޮށްފި: މާރިޔާ
މިއަހަރުގެ މިހާތަނަށް ސްޓޫޑަންޓްގެ ލޯންގެ ގޮތުގައި 473 މިލިއަނަށްވުރެ ގިނަ ރުފިޔާ ދުކޮށްފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
Advertisement

އެ ވުޒާރާގެ މަސައްކަތާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު މާރިޔާ ވިދާޅުވީ ސްޓޫޑަންޓް ލޯނުތަކަށް ރައްޔިތުން ބޭނުންވި އަވަސްމިނުގައި އެކަން ކުރެވުނުކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އެހެންނަވެސް ލިޔުން ލިބިފައިވާ އެއްވެސް ކުއްޖަކަށް ލޯނު ދިނުމުގެ މަސައްކަތް އެއްގޮތަކަށްވެސް ހުއްޓާލާފައި ނުވާކަމަށް ވަޒީރު މާރިޔާ ވިދާޅުވިއެވެ. 

ލޯނަށް ޝަރުތުހަމަވާ ހުރިހާ ކުދިންނަށް ލޯން ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު މިއަހަރު ސްޓޫޑަންޓް ލޯނަށްް 1300 ވުރެ ކުދިން ހޮވިފައިވާކަމަށް ވަޒީރު މާރިއާ ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިދިޔަ އަހަރު މިދިޔަ ސަރުކާރުންވެސް ގިނަ އަދަދެއްގެ ކުދިންނަށް ލޯން ދޭން ނިންމާފައިވާކަމަށާއި އެ ކުދިންނާއި މިއަހަރު ހޮވުނު ކުދިން ހިމެނޭހެން މިހާތަނަށް 473 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ. 

" މިދިޔަ އަހަރުވެސް ވަރަށް ގިނަ ދަރިވަރުންނަށް ލޯން ދޭ ގޮތަށް އޮތީ ނިންމަވާފައި. އެހެންނަމަވެސް އެ ދަރިވަރުންގެ ތެރެއިންވެސް ގިނަ ދަރިވަރުންނަށް ލޯނުގެ ފުރަތަމަ ޕޭމަންޓް ދިނުމުގެ މަސައްކަތްވެސް ކުރަން ޖެހުނީ މި ސަރުކާރަށް." ވަޒީރު މާރިޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ދަރިވަރުންނާއި މިއަހަރުގެ ދަރިވަރުންނާއި އަދި ލޯންގައި ކިޔަވަމުންދާ  ދަރިވަރުންނަށް ކޮންމެ ހަމަހަކު ހަ މަހަކުން ފައިސާ ދޫކުރަމުން އަންނަކަމަށް ވަޒީރު މާރިޔާ ވިދާޅުވިއެވެ. އަދި މި ފައިސާ ޖަމާކުރަމުންދަނީ އެ ކުދިންގެ ނުވަތަ އެކުދިން ދީފައިވާ އެކަައުންޓްތަކަށްކަމަށްވެސް ވަޒީރު މާރިޔާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް