ads
އަބްދުﷲ ޖިހާދު-- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ނާއިބު ރައީސް ޖިހާދު ދިރިއުޅުއްވާތަނެއް ނޭނގޭ!
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ދެކޮޅަށް ދައުލަތުން ހުށަހެޅި މައްސަލަ، ޖިހާދު ދިރިއުޅުއްވާ ތަނެއް ނޭގިގެން ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
Advertisement

މި މައްސަލައަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫއަކާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުން ސޮއި ކުރައްވައި އެ މައްސަލަ މިއަދު ބޭރުކޮށްލީ، ޖިހާދު ދިރިއުޅުއްވާތަނެއް ނޭގޭތީ މައްސަލައިގެ އަމުރު ރައްދު ނުކުރެވިގެންނެވެ. އެހެންނަމަވެސް މައްސަލަ ބޭރުކޮށްލީ، 15 ދުވަހުގެ ތެރޭގައި އަލުން މައްސަލަ ހުށަހެޅޭ ގޮތަށެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖިހާދުގެ ފަރާތްޕުޅުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ދައުވާއެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް