ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދެވަނަ ދައުރަކަށް ކުރައްވަމުން ގެންދަވާ ޝުޖާއު، ހުޅުމާލޭން 2100 އަކަފޫޓުގެ ބިމެއް ބައްލަވައިގަތީ، 8787480 ރުފިޔާއަށެވެ.
މި ފައިސާ ޝުޖާއު ހޯއްދެވީ ކިހިނެތް ކަމެއް ނޭނގުނު ނަމަވެސް ސިވިލް ކޯޓުން މިއަދު ވަނީ ޝުޖާއުއަށް ހުޅުމާލޭ، 20339 ނަންބަރު ލޮޓް މިލްކުކޮށްދެއްވާފަ އެވެ.
އެއް ދައުރުގެ މެދު ކެނޑުމަކަށް ފަހު ދެވަނަ ދައުރަކަށް މަޖިލީހުގެ މެންބަރުކަން ކުރައްވާ ޝުޖާއު، ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ މެންބަރެއް ކަމުގަ އެވެ.
މި ގައުމުގެ އިގްތިސާދު ދަށް ކަމަށް މެންބަރު ޝުޖާއު މި ފަހުންވަނީ ވިދާޅުވެފަ އެވެ.