މިކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ތުރާކުނު ކައުންސިލާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. ތުރާކުނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފެވެ.
މިއެއްބަސްވުމުގެ ދަށުން އުތުރުގައި ވޯޓާ ބަންކަރިން ހިދުމަތް ދިނުމަށް އެމްޕީއެލްއިން ބޭނުންކުރާ ފެން ބާޖު އޮންނާނީ ތުރާކުނުގައެވެ. އަދި މި ފެން ބާޖަށް ބޭނުންވާ ފެން ބަރުކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށާއިރުި މިހާރުވެސް ބޯޓަކުން ފެން ބަރުކުރުމަށް އެދިފައިވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;