ads
އެފްއޭއެމް އިނދަޖެހިފައިވަނިކޮށް، މިނިސްޓްރީގެ ސަޕޯޓާއެކު ބޮޑު މުބާރާތެއް
އެފްއޭއެމް އިނދަޖެހިފައިވަނިކޮށް، މިނިސްޓްރީގެ ސަޕޯޓާއެކު ބޮޑު މުބާރާތެއް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިނދަޖެހި، ފުޓްބޯޅަ ސީޒަން ފެށޭނެ އިރެއްވެސް ނޭނގި އޮއްވައި، ކުޅިވަރު މިނިސްޓްރީގެ އެހީތެރިކަމާއެކު މުޅި ރާއްޖެ ތަމްސީލުވާ ބޮޑު ފުޓްބޯޅަ މުބާރާތެއް އަމިއްލަ ފަރާތަކުން ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިންޓީ ޕްލަސް ކިޔާ އަމިއްލަ ބަޔަކާއެކު ސްޕޯސްޓް މިނިސްޓްރީން ތައްޔާރުވަމުން އަންނަ މި މުބާރާތަކީ ރާއްޖޭގައި ފުޓްބޯޅަ ފޯރި އަލުން ދިރުވުމުގެ ބޭނުމުގައި މުޅި ރާއްޖެ ތަމްސީލްވާ ގޮތަށް ބާއްވަން މަސައްކަތް ކުރާ މުބާރާތެކެވެ. މުބާރާތް ފަށާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ނޮވެމްބަރު މަހުގެ ތެރޭގައި މުބާރާތް ފެށޭތޯ އިންތިޒާމު ކުރާ ފަރާތްތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއަހަރު ގޯލްޑްކަޕްގެ ނަމުގައި ގަލޮޅު ދަނޑުގައި ބާއްވާ ފުރަތަމަ މުބާރާތުގައި 24 ޓީމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ. މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ މި މުބާރަތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މިނިސްޓްރީއާ އަމިއްލަ ބަޔަކާ ގުޅިގެން މުބާރާތެއް ފަށަން ތައްޔާރުވަމުން އަންނައިރު، ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އޮތީ އިނދަޖެހިފައެވެ. އެ އިދާރާގެ ދަރަނި 85 މިލިޔަން ރުފިޔާ އަށްވުރެ މަތިވާނެ ކަމަށް ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ހާމަކޮށްފައިވާއިރު، ކަންކަން ހަމައަކަށް އަޅުވައިގެން ފުޓްބޯޅަ ސީޒަން ފެށޭނެ އިރެއް އަދި ބުނަން ނޭނގޭ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީންވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް