ads
ބަންޑާރަ ނައިބު އުޝާމް އަދި ޕީޖީ އައްބާސް
އާ ޕީޖީގެ ފުރަތަމަ މީޓީން ބަންޑާރަ ނާއިބާއެކު
އާ ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު، ބަންޑާރަ ނާއިބު އަހްމަދު އުޝާމްއާ ބައްދަލުކުރައްވައިފި އެވެ.
Advertisement

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ބަންޑާރަނާއިބާ ހިއްސާކުރައްވާފައެވެ. އަދި ބަންޑާރަ ނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހިތްވަރު ދެއްވާފައެވެ.

މި ބައްދަލު ކުރެއްވުމަށް ފަހު ޕީޖީ އައްބާސް އެކްސްގައިވަނީ، މިހާރު ހިނގަމުންދާ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ބަންޑާރަ ނާއިބުގެ ފަރާތުން ހިއްވަރު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. 

އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްޕުޅު ބަންޓައްކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަ ނާއިބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް