ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކުޅިވަރު ވުޒާރާ ކުޅޭނީ ބަދަހި ޓީމާއެވެ. ކުޅިވަރު ވުޒާރާ ސެމީއަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން ޑީޖޭއޭ ބަލިކޮށްގެނެވެ. އަދި ބަދަހި ސެމީއަށް ދިޔައީ ތައުލީމީ ގުޅުން ބަލިކޮށްގެންނެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކުޅޭނީ ޕީޖީ އޮފީހާ އެމްއެމްއޭއެވެ. ޕީޖީ އޮފީހަކީ އެންމެ ފަހުގެ ރަނަރަޕެވެ. ޕީޖީ ސެމީއަށް ދިޔައީ އެޗްޕީއެސްއެން ބަލިކޮށްގެނެވެ. އަދި އެމްއެމްއޭ ސެމީއަށް ދިޔައީ ރައީސް އޮފީސް ބަލިކޮށްގެންނެވެ.
ސެމީ ފައިނަލުން މޮޅުވާ ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭގަ އެވެ.