ads
ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާބޯ ބޯޓާ ކައިރިކޮށްފައި -
ބަންކަރިންގެ ހިދުމަތް ފެށިގެންދިޔައީ ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ނައިބު ރައީސް
އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށައިފަ އެވެ. މިއީ ދިވެހި ތާރީހުގައި ވެސް އެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.
Advertisement

ބަންކަރިން ހިދުމަތް ފައްޓަވައި ދެއްވީ، ރައްޔިތުންގެ މަޖިލިހުގައި މި ވަގުތު ހއ. އަތޮޅުގެ ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނެވެ. އެއީ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އާއި ދިއްދޫ ދާއިރާ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރެވެ.

ރާއްޖެއިން އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމަކީ ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނަކަށް ވިޔަސް މިއަދު އެކަން ހަގީގަތަކަށް ވީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. ވިޓޯލްއަކީ މިހާރު ވެސް ސިންގަޕޫރާއި ޔޫއޭއީ އަދި މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދިނުމުގައި ތަޖުރިބާ ހުރި ކުންފުންޏެކެވެ.

އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށުމާ ގުޅިގެން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ބަންކަރިންގެ ހިދުމަކީ ރައީސްގެ ދުރު ވިސްނުންފުޅާއި ރާއްޖެއާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ދިވެހި އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި ފެއްޓެވި ހިދުމަތެއްކަމަށެވެ. 

ނައިބު ރައީސްގެ ޕޯސްޓުގައި ވަނީ ބަންކަރިންގެ ހިދުމަތް ފެށުމުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށާއި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ދޭނީ ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެންނެވެ. އެގޮތުން ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރިން ހަބު އިޝްތިހާރުކުރުމަކީ ވިޓޯލްއާ ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.

އެސްޓީއޯއިން ބުނީ ބަންކަރިންގެ ހިދުމަތް ރާއްޖެއިން ފެށީ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔެގެ އެކި ކަންކޮޅަށް ދަތުރު ކުރާ ކަމަށެވެ. އެހެންކަމުން އޭގެތެރެއިން އެއް ޕަސެންޓު އުޅަނދުތަކަށް ހިދުމަތް ދެވުނަސް ރައްޖޭގެ އިގުތިސާދަށް އޭގެ ސަބަބުން ބޮޑު މަންފާއެއް ކުރާނެ ކަމަށެވެ.

މީގެ އެއް ޕަސެންޓު އުޅަނދަށް ހިދުމަތް ދެވުނަސް، އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.

ބަންކަރިން ހިދުމަތް ފަށާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއާއި އެމްޕީއެލް ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ތެރެއިން އާގުބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދެނީ ސީދާ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ހިދުމަތްދޭއިރު، އެމްޕީއެލުން ހިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގަ އެވެ.

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރު ކުރާ އެއް ޕަސެންޓު ބޯޓަށް ހިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް އަންދާޒާކުރާ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައި ވެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް