އިންޑިއާ ހިންދުސްތާން ޓައިމްސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސިލްޕާ ސެޓީ ބުނީ އެއްވެސް ފަރާތަކަށް އެއްވެސް ބާވަތެއްގެ ސިއްހަަތަށް ގެއްލުން ހުރި އެއްވެސް ބާވަތެއްގެ ވިޔަފާރި ޕްރޮޑަކްޓެއްގެ އިސްތިހާރަކަށް އާ ބަސް ނުބުނެވޭނޭކަމަށެވެ.
މިހާރު އުމުރުން 49 އަހަރުގެ ސިއްޕާ ބުނީ އެފަދަ ޕްރޮޑަކްޓެއް އިސްތިހާރުކޮށް ބަޔަކަށް ނުވަތަ މީހަކަށް އެކަމުން ލިބޭ ސިއްހީ ގެއްލުމެއްގެ ޒިންމާ ނަގަން ބޭނުން ނުވާކަމަށާއި އެއީ ބޮޑު ރިސްކަކަށް ވާނޭ ކަމަށެވެ.
ސިލްޕާ ބުނީ އޭނާއަށް އެފަދަ ތިން އުފެއްދުމެއް އެންޑޯސް ކުރި ކަމަށާއި އޭގެ ތެރެއިން އެއް އުފެއްދުމަކީ "‘އިސްމޭން ތޯޅާ ޒާދާ ސުގަރު ހޭ’ ނަކަމަށް ކިޔާ އުފެއްނުމެއްގެ ކަމަށެވެ. އަދި އެ ޕްރޮޑަކްޓް ޕްރޮމޯޓުކޮށް އިސްތިހާރު ކުރުމަށް އޭނާ އިންކާރު ކުރިކަމަށާއި، އެއީ ގިނައިން ހަކުރު އެކުލެވޭ އުފެއްދުމަކީ ސިއްހަތައް ގެއްލުން ހުރި އެއްޗަކަށް ވާތީކަަމަށް ސިލްޕާ ބުންޏެވެ.
ސިލްޕާ އިތުރަށް ބުނީ ސިއްހަަތަކީ ގުދުރަތީ ބޮޑު ހަދިޔާއެއް ކަމަށާއި އެ ހަދިޔާއަށް ވަރަށް ފަރުވާތެރިވާން ޖެހޭނޭ ކަމަށެވެ. އެގޮތުން ސިއްހަތަށް ގެއްލުން ހުރި ބާވަތްއަތަކުގެ އެއްޗިސް، ޖަންކް ފުޑް، ފިޒީ ބުއިންތައް، ހަކުރު އެކުލެވޭ ތަކެތި، އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ސިއްޕާ އިތުރަށް ބުނީ އޭނާގެ އަމިއްލަ ސިއްހަަތަށް ގެއްލުމެއް ލިބެން ނޭދޭ ފަދައިން އެހެން މީހެއްގެ ސިއްހަތަށް ވެސް ގެއްލުމެއް ލިބެން ނޭދޭކަަމަށެވެ. އެހެންވެ، އެފަދަ އެއްވެސް އުފެއްދުމަކަށް އެއްބަސް ވެވެން ނެތްކަމަށް ސިލްޕާ ވަނީ ބުނެފަ އެވެ.