ads
އައިޖީއެމްއެޗްގެ ނަރުހެއް.
މިދިޔަ އަހަރު އެންމެ ގިނައިން ޑޮކްޓަރަށް ދެއްކީ އަންހެނުން
އެކި ބަލިތަކުގައި މިދިޔަ އަހަރު ޑޮކްޓަރަށް ގިނައިން ދެއްކީ އަންހެނުންކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަައިފިއެވެ.
Advertisement

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 3,183,577 ފަހަރު މީހުން ޑޮކަޓަރަށް ދައްކާފައިވެއެވެ. އޭގެތެރެއިން 1,719,980 މީހުންނަކީ އަންހެނުންނެވެ. އެއީ ޑޮކްޓަރަށް ދެއްކި މީހުން 54 އިންސައްތައެވެ. ފިރިހެނުންގެ ނިސްބަތަކީ 46 އިންސައްތައެވެ. އެއީ 1,463,597 ފިރިހެނުންނެވެ. 

މިދިޔަ އަހަރު އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ އަންހެނުންނަށް ޖެހޭ ހާއްސަ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. މިގޮތުން އެންމެ ގިނަ މީހުން ޑޮކްޓަރަށް ދެއްކީ އޮބްސްޓެޓްރިކްސް އަދި ގައިނެކޮލޮޖީ ބަލިތަކަށްް ފަރުވށާ ހޯދުމަށެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެ ފަދަ ބަލިތަކުގައި ޑޮކްޓަރަށް ދެއްކި މީހުންގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދި، އެއް އިންސައްތަ ފިރިހެނުންވެސް ހިމެނެއެވެ. 

ދެން އެންމެ ގިނަ އަދަދަކަށް މީހުން ފަރުވާ ހޯދީ އެތެރެ ހަށީގެ ބަލިތަކަށެވެ. އެގޮތުން އެތެރެ ހަށީގެ ބަލިތަކަށް ފަރުވާ ހޯދި މީހުން ތެރޭގައިވެސް ގިނައީ އަންހެނުންނެވެ. އެއީ 61 އިންސައްތ މީހުންނެވެ. 

your imageހެލެތް މިނިސްްޓްރީން އާއްމުކުރި ބައެއް ހިސާބުތައް 

ތިންވަނަ އަށް އެންމެ ގިނައި ޑޮކްޓަރަށް ދައްކާފައިވަނީ ކުޑަކުދިންގެ އެކި ބަލިތަަކަށެވެ. ބަލިވެގެން ޑޮކްޓަރަށް ދެއްކު ކުޑަކުދިންގެ ތެރެއިން 52 އިންސައްތަ ކުދިންނަކީ ފިރިހެން ކުދިންނެވެ. 

ތަފާސް ހިސާބުތައް ދައްކާގޮތުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދި މީހުންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. އެ ބަލިތަކަށް ފަރުވާ ހޯދި މީހުންގެ ތެރެއިން 58 އިންސައްތައަކީ ފިރިހެނުންނެވެ. މިއީ މިދިޔަ އަހަރު ޑޮކްޓަރަށް ދެއްކި ފިރިހެނުން ގިނަވި ހަމައެކަނި ދާއިރާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް