ނޯމަލައިޒޭޝަން ކޮމިޓީން ފުލުހުންގެ ފަރާތުން އެފްއޭއެމްގެ ޑޮކިއުމެންޓްތައް ހޯދުމަށް އެދުނުއިރު، ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވައިލުމުގެ ކުރިން، ފުލުހުންވަނީ އެފްއޭއެމް ރެއިޑްކޮށް ބައެއް ސާމާނު ގެންގޮސްފައެވެ.
ނޯމަލައިޒޭޝަން ކޮމިޓީން ބުނީ، ގެއްލިފައިވާ ފައިސާ ހޯދުމަށް ބޭނުންވާ ލިޔުންތައް ހޯދުމަށް ފުލުހުންނަށް އެދިފައިވާނެ ކަމަށެވެ. އެލިޔެކިޔުންތައް ބަލައި ދިރާސާ ކުރުމަށް ފަހު އެކަމާ ބެހޭގޮތުން ކުރިއަށްދާނެ ގޮތް ނިންމާނެ ކަމަށްވެސް ނޯމަލައިޒޭޝަން ކޮމިޓީން ބުންޏެވެ.
އެފްއޭއެމްގެ ހާލަތު ހަމަޔަކަށް އަޅުވަން ފަސް މެންބަރުންގެ ކޮމިޓީއެއް އައްޔަން ކުރުމަށް ފަހު، ފީފާއިން އެ ކޮމިޓީއާ ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ ހިޔާނާތާއި މަނީ ލޯންޑާކުރުމުގެ ތުހުމަތު އަމާޒުވެފައިވާ އެސޯސިއޭޝަނުން ގެއްލުނު ފައިސާ އަލުން އަނބުރައި ހޯދުމެވެ.