ads
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ އެއް މެންބަރު، އައިޝަތު ސަޖުނީ
ސަރުކާރު ތަމްސީލުކުރައްވާ ބީއެމްއެލް ބޯޑު މެންބަރެއް އިސްތިއުފާދެއްވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން އައިޝަތު ސަޖުނީ އިސްތިއުފާދެއްވައިފިއެވެ.
Advertisement

މި މައްސަލައިގައި ބީއެމްއެލްއިން ބުނީ ބޯޑު މެންބަރުންނާ ގުޅޭ މައުލޫމާތުތައް ހާމަކުރާނީ އެ ކުންފުނީގެ ހާއްސަ އާއްމު ޖަލްސާ (އީޖީއެމް)އަށް ފަހު ކަމަށެވެ.

ސަޖުނީއަކީ ބީއެމްއެލް ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ އެއް މެންބަރެވެ.

ސަޖުނީއަކީ މެކްރޯއިކޮނޮމިކްސްއާއި ފައިނޭންސްގެ ދާއިރާއިން 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ތަފާތު މަގާމުތައް ފުރުއްވާފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އިކޮނޮމިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

މި އަހަރުގެ ކުރީކޮޅު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ސަޖުނީ ވަކިކުރުމަށްފަހު، ދެ ދުވަސް ފަހުން އަލުން ބޯޑަށް އައްޔަންކޮށްފައިވެއެވެ.

މީގެ ކުރިން، މިދިޔަ މަހު ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ އަދި ބޯޑު މެންބަރު ޢާއިޝަތު ނޫރައްދީން ވަނީ އިސްތިއުފާދެއްވާފައިވެއެވެ. 

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވައިލުމާ ގުޅިގެން ސަރުކާރާއި ބޭންކާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބީއެމްއެލުން ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް