އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވާހަކަތައް ކިޔައިދެއްވައި، ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތައް ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެހީ ހޯދުމަށް މި ދަތުރުފުޅުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިއީ ރާއްޖޭގެ ރައީސްއަކު އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ތަގުރީރު ދެއްވާނެ ފުރަތަމަ ފަހަރު ކަމަށްވާތީ، މި ދަތުރުފުޅަކީ އެމަނިކުފާނުގެ ސިޔާސީ ތާރީހުގައި ވަރަށް މުހިންމު ދަތުރުފުޅެއް ކަމުގައި ފާހަގަކުރެވެއެވެ.