ads
ދިޕިކާ ޕަދުކޯން
ވިހެއުމަށްފަހު ދީޕިކާ ދިގު ޗުއްޓީއަކަށް
ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯން ދަރިފުޅު ބެލުމަށްޓަކައި ދިގު މުއްދަތަކަށް މަސައްކަތުން ދުރުވާން ނިންމައިފިއެވެ.
Advertisement

ސެޕްޓެމްބަރު 8 ވަނަ ދުވަހު ދީޕިކާއާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގް އަށް ދަރިއަކު ލިބުނެވެ.

ދީޕިކާގެ ގާތް ރަހުމަތްތެރިއެއްގެބުނެފިައިވަނީ، ދީޕިކާ މިވަގުތު ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް ބޮޑަށް އިސްކަންދޭކަމަށް ބުނެފައިވެއެވެ. އަދި އަވަހަށް މަސައްކަތަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

ދީޕިކާ "ކަލްކީ" ގެ ފަހުން  އެހެން އެއްވެސް ޕްރޮޖެކްޓެއްގައި ބައިވެރިވެފައި ނުވާ ކަމަށާއި، އެ ފިލްމުގެ ޝޫޓިންގވެސް ދަރިފުޅު ލިބުމުގެ ކުރިން ނިންމާލާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު އެއްވެސް މަސައްކަތެއް ވެސް އޭނާ ނުކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދީޕިކާ އަކީ އާއިލާއަށް ވަރަށް އަހައްމިއްޔަތުކަން ދޭ މީހެއްކަން ފާހަގަކުރެވެއެވެ. އަދި ދަރިފުޅު ބެލުމުގައި ނާނީއެއްގެ އެހީތެރިކަން ނުހޯދާ، އަމިއްލައަށް ދަރިފުޅު ބަލަން ބޭނުންވާކަމަށްވެސް ބުނެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް