ads
މާރާމާރީ ހިންގުމަށްފަހު ފިލައިގެން ތައިލެންޑަށް ގޮސް ތިބި އަތުލައިގެން މީހުން
ފިލައިގެން އުޅެނިކޮށް ބެންކޮކުން އަތުލައިގެން މީހުން ޝަރީއަތް ނިމެންދެން ބަންދު
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލޭގައި މާރާމާރީ ހިންގުމަށްފަހު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެނިކޮށް ގެނައި މީހުން ޝަރީއަތް ނިމެންދެން ބަންދުން ޖަހައިފިއެވެ.
Advertisement

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު މާލޭގައި ތޫނު އެއްޗަކުން މާރާމާރީ ހިންގުމަށްފަހު ފިލިގެންދިޔަ މައްސަލާގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. 

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި ތިން މީހުން ހައްޔަރުކުރީ ތައިލެންޑުން ރާއްޖެއައި ވަގުތު ވެލާނާ އިންޓާނެޝަނަލް އެއާޕޯޓުން ކަމަށެވެ. މި ތަނުން އެކަކު ހައްޔަރުކުރީ މިމަހުގެ 18 ވަނަ ދުވަހު ކަމަށާއި އަނެސް ދެމީހުން ހައްޔަރުކުރީ ޖެހިގެން ދުވަހުކަމަށެވެ. 

" މި ތިން މީހުން ހޯދުމަށްވެސް އިންޓާޕޯލް ރެޑް ނޯޓިސް ނެރެފައިވޭ. ތިން މީހހުންވެސް ރާއްޖެ އައިސްފައިވަނީ ފިލައިގެން އުޅެނިކޮށް ތައިލެންޑުން ޑީޕޯޓްކޮށްލުމުން." ފުލުހުން ބުނެއެވެ.

ފިލައިގެން އުޅނިކޮށް ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ:

  • މުހައްމަދު އަހުސަމް /  ހ. ދޮންތުނޑި (26 އަހަރު ) 
  • އަސްވާނު މުހައްމަދު / ލ. ގަން، މުކުރިމަގު (28 އަހަރު)
  • މުހައްމަދު ސިބާތު އަބްދުﷲ / މ. މަސްކޮތަންގެ (19 އަހަރު)

މި މީހުންގެ ތެރެއިން އަސްވާނު މުހައްމަދު ބަންދުން ދުކޮށްް އަނެއް ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މީހުން ރާއްޖެއިން ފިލީ މި މާރާމާރީއާ ގުޅިގެން ބަންދުގައި ތިއްބާ ކޯޓުން އެމީހުން މިނިވަންކުރުމުންނެވެ. އަދި އެ މައްސަލަ އިސްތިއުނާފުކޮށް ކޯޓުން އެމީހުން ބަންދުކުރަން އަލުން އަމުރު ނެރުން އިރު ތިން މީހުންވެސް ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް