ads
ގަވައިފާ ހިލާފަށް އުޅުނު ބިދޭސީން ފުރުވާލަން އެއާޕޯޓްގައި
ގަވައިދާ ހިލާފަށް އުޅުނު 30 ބިދޭސީއަކު ޑީޕޯޓްކޮށްލައިފި
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ޑީޕޯޓްކޮށްލައިފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 30 ބިދޭސީއަކު ބުރާސްފަތި ދުވަހު ޑީޕޯޓްކޮށްލައިފައިވާކަަމަށެވެ. 

ޑިޕޯޓްކޮށްލާފައިވާ 30 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާއި ބަންގްލަދޭޝާއި ލަންކާގެ އިތިރުން ނޭޕާލަށް ނިސްބަތްވާ މީހުން ކަމަށެވެ. މި އެންމެންވެސް ރާއްޖޭ ނާދެވޭ ގޮތަށް ފޮނުވާލީ ގާނޫނު ތަންފީޒު ކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުންކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

your imageގަވައިފާ ހިލާފަށް އުޅުނު ބިދޭސީން ފުރުވާލަން އެއާޕޯޓްގައި 

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަންނަނީ ރެއިޑްތައް ހިންގަމުންނެވެ. 

ގަވައިދާ ހިލާފަށް އުޅުނިކޮށް އަތުލައިގެން ބިދޭސީންގެ ތެރެއިން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 3000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. 

ރާއްޖެގައި ދިމާވެފައިވާ ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެ ތެރޭގައި ހައްލުކުރާނެކަމަށް ދާހިލީ ވަޒީރު އަލީ އިހްސާާން ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް