ads
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތިނަދޫ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ ފަށާނެ: ހަލީލް
ތިނަދޫ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފަށާނެކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

ވަޒީރު މިހެން ވިދާޅުވީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހާކަ ދައްކަވަމުންނެވެ. 

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅާން ނިންމިކަން އިއުލާންކުރީ މިދިޔަ ސަރުކާރުން 2020 ވަނަ އަހަރުއެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މިދިޔަ ސަރުކާރުން ބީލަށް ހުޅުވާލި ނަމަވެސް ދައުރު ނިމުނުއިރުވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށެވެ. އަދި އާ ހޮސްޕިޓަލް އަޅާނީ މިހާރުވެސް ހޮސްޕިޓަލް ހުރި ބިމުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް އަޅާ ހޮސްޕިޓަލާއި އެކު ޒަމާނީ ވަސީލަތްތައް ގާއިމުކޮށް އިއާރުގެ ހިދުމަތް ފުޅާކޮށްް ފެންަރު ރަނގަޅޫ އޮޕަރޭޝަން ތިއޭޓަރުތައްވެސް ގާއިމުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރު އެ ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންކަންވެސް މިނިސްޓަރު ހަލީލް ފާހަގަކުރެއްވިއެވެ.

your imageޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ހޮސްޕިޓަލަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް އެ ފަރާތްތަަކަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ތިނަދޫއަށް މިނިސްޓަރު ހަލީލް ކުރެއްވި ޒިޔާރަތުގައި ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރާއި ބްލަޑް ބޭންކު ހުޅުވާދެއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް