ads
ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް: ފޮޓޯ މިޖިލިސް
ސަރުކާރަށް 10 މަސް: ރައްޔިތުންނަށް ފެންނަ ތަފާތުތައް ވިލިމާލެ މެންބަރު ފާހަގަކުރައްވައިފި
މިހާތަނަށް ރައްޔިތުންނަށް ފެނިފައިވަނީ ވެރިކަމަށް އައުމަށް ވައުދުތަކެއް ވުމަށްފަހު، ވެރިކަމަށް އާދެވުމުން އެ ވައުދުތައް ނުފުއްދާ ސަރުކާރުތަކެއް ކަމަށާއި، އެހެންނަމަވެސް މި ސަރުކާރަށް 10 މަސް ފުރުނުއިރު ރައްޔިތުންނަށް ތަފާތު ދައްކައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ބޭއްވުނު ހަރަކާތުގެ ތެރެއިން މެމްބަރު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ ވައުދުކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ބޭލުމާއި، ބޭރުގެ ނުފޫޒުން ރާއްޖެ މިނިވަންކުރުމާއި، ކަނޑުއަޑީގެ ޗާޓް ކުރެހުމާއި އުތުރުތިލަފަޅު އެއްބަސްވުން ބާތިލުކުރުން ފަދަ ވައުދުތައް ފުއްދާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިގްތިސާދީގޮތުން ގައުމު ވައްޓާލި އަނދަވަޅުން ނެގުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ވެސް ކުރިއެރުން ފެންނަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.

"ރާއްޖޭގެ އިޖުތިމާއީ ފޭރާން މި ސަރުކާރުގައި ރަނގަޅުވެ، ކުރީގެ ސަރުކާރުތަކަށް ހައްލުނުވެ އޮތް ބިދޭސީންގެ މައްސަލަވެސް ހައްލުކުރަމުންއަންނަނީ،" - ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް- 

މެމްބަރު އިސްމާއިލް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވީއިރު ގައުމު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، އެކަންކަން މަޑުމަޑުން ރަނގަޅު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޔޫއެންގެ ބައްދަލުވުމުގައި ރާއްޖެއަކީ މިނިވަން ދައުލަތެއްކަން އަންގައިދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް