ވެލާނާ އެއާޕޯޓުގެ ލީލި ލައުންޖަށް އަނެއްކާވެސް ސަޓާ އެވޯޑް ހޯދައިފި
ގުފްތަގް އަޖީރު
21 ސެޕްޓެމްބަރ 2024 - 15:07:08
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ލީލި ލައުންޖަށް ސައުތު އޭޝިއާ ޓްރެވެލް އެވޯޑް (ސަޓާ) ގެ ލީޑިން އެއާޕޯޓް ލައުންޖް އެވޯޑް ލިބިއްޖެއެވެ.
މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައެވެ.
މިއީ ލީލި ލައުންޖަށް މި އެވޯޑް ލިބުނު ފަސް ވަނަ ފަހަރެވެ.
ވީއައިއޭ ޑިޕާޗާ ޓާމިނަލްގެ މަތީގައި ހުންނަ ލީލި ލައުންޖަކީ 150 މީހުންގެ ޖާގައިގެ ލައުންޖެކެވެ. މީގެ ތެރޭގައި ޕްރިމިއަމް ފަސިންޖަރުންނަށް ހާއްސަކޮށްފައިވާ ފަސްޓް ކްލާސް ލައުންޖް އޭރިއާއެއް ވެސް ހިމެނެއެވެ. މި ލައުންޖުން ހެނދުނު 6:30 އިން ފެށިގެން އެ ދުވަހުގެ އެންމެ ފަހު ފްލައިޓް ފުރުމާ ހަމައަށް ދަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެއެވެ.
ލީލި ލައުންޖުން ދަތުރުވެރިންނަށް ފްލައިޓްތަކާ ބެހޭ މައުލޫމާތު ވަގުތުން ލިބުމުގެ އިތުރުން އެކި ބާވަތުގެ ކެއުންބުއިންތައް ވެސް ލިބެއެވެ. މި ލައުންޖުގެ މި ފެންވަރު ރަނގަޅު ހިދުމަތްތަކުގެ ސަބަބުން ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފާހަގަކުރެވިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް