ads
ފޮޓޯ އެމްއެމްޕީއާރުސީ
ރާއްޖެއިން އަލަށް ޑާކާގެ ޓޫރިޒަމް ފެއާގައި ބައިވެރިވެއްޖެ
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް)ގައި ރާއްޖެ ފުރަތަމަ ފަހަރަށް ބައިވެރިވެ، އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްފިއެވެ.
Advertisement

މި ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބައިވެރިވެފައިވަނީ "ވިޒިޓެޑް މޯލްޑިވްސް" ޝިއާރުގެ ދަށުންނެވެ.

އެމްއެމްޕީއާރްސީއާ އެކު ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ބައިވެރިވެފައިވެއެވެ.

އެމްއެމްޕީއާރްސީ އިން ބުނެފައިވަނީ ޑާކާ ފެއާގައި ރާއްޖެއިން ބައިވެރިވެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި މި ފުރުސަތަކީ ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް ސިފަކޮށްފައިވެއެވެ.

އެންއެޗްޖީއޭއެމް އިން ފާހަގަކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓަކަށް ހެދުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ބަންގްލަދޭޝްގެ ފަތުރުވެރިންނަށް ރާއްޖެ ރަނގަޅަށް އިޝްތިހާރު ކުރެވިއްޖެނަމަ، އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށްވެސް އެންއެޗްޖީއޭއެމް އިން ދެކެއެވެ.

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ބަންގްލަދޭޝް އިން ރާއްޖެއަށް 18،843 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އޭރު 14 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް