ads
ދަގަނޑޭ ހޮސްޕިޓަލުގައި
ދަގަނޑޭ ބެންގަލޫރުގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި
ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު، އަލީ އަޝްފާގު (ދަގަނޑޭ) އޮޕަރޭޝަނެއް ކޮށްފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިޔާ ދަގަނޑޭ އޮޕަރޭޝަންކޮށްފައިވަނީ ބެންގަލޫރުގައެވެ. އޭނާގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސް އަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން ޖުމްލަ ތިން މައްސަލައަކަށް ވަނީ އޮޕަރޭޝަން ކޮށްފަ އެވެ.

ކަނާއަތު ކަކުލުގެ އަނިޔާއެއްގައި ދަގަނޑޭ ހޭދަ ކުރަމުންދާތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. ގައުމީ ޓީމާއި ކްލަބް ލެވަލްގައި ބައެއް މެޗުތައް ކުޅުނަސް އޭނާ ކުޅެމުން ދިޔައީ އެ އަނިޔާގަ އެވެ.

ވެލެންސިއާ އިން އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ ވަނީ އެ ޓީމާއި، ނިއު ރޭޑިއަންޓާއި، ވީބީ އައްޑޫ އެފްސީ، އަދި މެލޭޝިއާގެ ޕީޑީއާރްއެމްއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި ގައުމީ ޓީމާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް