ads
ކްރިކެޓްގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައިސަލް
ވާދަވެރި ކްރިކެޓް އިންތިހާބު ފައިސަލް ކާމިޔާބުކޮށްފި
ވާދަވެރި އިންތިހާބު ކާމިޔާބު ކުރައްވައި، ކްރިކެޓް ބޯޑުގެ ރައީސްކަމުގެ މަގާމަށް އިތުރު ދައުރަކަށް މުހައްމަދު ފައިސަލް އިންތިހާބުވެއްޖެއެވެ.
Advertisement

17 ފަރާތަކުން ވޯޓު ލާފައިވާ އިންތިހާބު ފައިސަލް ކާމިޔާބު ކުރެއްވީ 10 ވޯޓުންނެވެ. ފައިސަލްއާ ވާދަކުރެއްވި، ކްރިކެޓްގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ ފަރުހަތު ޖަލީލަށް ލިބުނީ ހަތް ވޯޓެވެ. ކްރިކެޓްގެ 17 ވޯޓަކީ، 16 ކްލަބެއްގެ އިތުރުން، ސްކޫލް ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި، ދަރުމަވަންތަ ސްކޫލްގެ ވޯޓެވެ.

ފައިސަލް، އެންމެ ފުރަތަމަ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ކްރިކެޓް ބޯޑުގެ ރައީސްކަމަށް އިންތިހާބުވީ އިތުރު މީހަކާ ވާދަކުރުމެއް ނެތިއެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް (ނޮން ވޯޓިން) ގައުމުތައް ތަމްސީލްކުރާނެ މެމްބަރަކަށް ހުންނެވި ފައިސަލް ވަނީ، މިދިޔަ މެއި މަހު އެ މަގާމުގައި ވެސް އިތުރު ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ.

ކްރިކެޓްގެ ނައިބު ރައީސަކަށް ހޮވުނީ، އަހުމަދު އިޝްއާގު އެވެ. އޭނާ އަށް 10 ވޯޓު ލިބުނެވެ. ދެން، އެ މަގާމަށް ވާދަކުރި، އަހުމަދު އާމިރަށް ލިބުނީ ހަތް ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް