ads
ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު ޒަމީރު އަދި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް ސިޑްސްގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ ހަމަނުޖެހުންތަކުން އަރައިގަތުމަށް އދ އަށް ބަދަލު ގެންނަންޖެހޭ: މޫސާ ޒަމީރު
ދުނިޔޭގެ ގައުމުތަކުގެ މެދުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުން އަރައިގަތުމަށްޓަކައި އދ ގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖެއިން އދ ގައި ބައިވެރިވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު ނެރުއްވި ބަޔާނުގައި، ދުނިޔޭގެ ގައުމުތަކުގެ ދެމެދުގައި ދިގުދެމިގެންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ގިނަ ގައުމުތަކަށް ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ކުރިއެރުންތަކަށް ހުރަސް އެޅެމުން އަންނަ ކަމަށް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި މިހާރު ބޭނުންވަނީ މި ހަމަނުޖެހުންތަކާ ކުރިމަތިލާން ކެރޭނެ، އަދި ރިއަލްޓައިމްގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާނެ އދ އެކެވެ. އދ ގެ މެންޑޭޓުގައި ވެސް ހިމެނެނީ ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްކުރުމާއި، އިންސާނީ ހައްގުތައް ކަށަވަރުކުރުން އަދި ގާނޫނުތައް ތަންފީޒުކުރުން ކަމަށް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން އދ ގައި ކުދި ގައުމުތަކުގެ ޝާމިލުވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މިހާރު އދ ގައި ކުދި ގައުމުތަކަށް ލިބިފައިވާ ފުރުސަތުތަކާއި ރާއްޖެއަށް ލިބުނު ކުރިއެރުންތަކަކީ އޭގެ ހެއްކެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، އދ ގެ މަސައްކަތްތަކުގައި ރާއްޖެއިން އަދިވެސް އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ދިވެހިރާއްޖެއަށް އދ ގެ މެންބަރުކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް