ads
ކާޖޮލް…
ދަރިފުޅަށް އެހީވާން އައި ބޮޑީގާޑު ކޮއްޕާލުމުން ކަޖޯލް އަށް ފާޑުކިއުން
ބޮލިވުޑްގެ މަޝްހޫރު ތަރި ކަޖޯލް އަށް ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
Advertisement

ފާޑުކިއުން އަމަޒުވީ އޭނާގެ ދަރިފުޅު ޔުގް ދެވްގަންއަށް އެހީތެރިވުމަށް ކައިރިވި ބޮޑީގާޑެއް ކޮއްޕާލުމުގެ ސަބަބުންނެވެ.

ފަހުން އާންމުވި ވީޑިއޯއެއްގައި ފެންނަނީ، ކަޖޯލްގެ 14 އަހަރުގެ ދަރިފުޅު ޔުގްގެ ފައިގައި އަނިޔާއެއް ވެގެން ކްލިނިކަކުން ނުކުތްއިރު، ޔުގްއަށް އެހީތެރިވަމުންދިޔަ ބޮޑީގާޑެއް ކަޖޯލް ވަނީ ކޮއްޕާލާފައެވެ. މި މަންޒަރު ފެނުމާއެކު، ގިނަ ބަޔަކު ވަނީ ކަޖޯލްގެ އަމަލު ކުށްވެރިކޮށްފައެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަޖޯލްގެ މި އަމަލަކީ ހަރުކަށި އަދި ރުޅިވެރި އަމަލެއް ކަމަށް ބުނެފައެވެ. އަދި ބައެއް މީހުން ވަނީ ކަޖޯލް އާއި ޖަޔާ ބަޗަން އަޅާކިޔާފައެވެ. ޖަޔާ ބަޗަންއަކީ މީޑިއާ އާއި ދޭތެރޭ ހަރުކަށި އަމަލުތައް ދައްކާ ކަމަށް މަޝްހޫރު ތަރިއެކެވެ.

މި ހާދިސާއާ ގުޅިގެން ކަޖޯލް އަދި އޭނާގެ އާއިލާއިން އެއްވެސް އެއްޗެއްނުބުނެއެވެ. ނަމަވެސް މި ވީޑިއޯ ސޯސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް