ads
އެސައިންމަންޓް ވިއްކުން ހުއްޓުވަން %50 ފާސްވާންޖެހޭހޮތް ހަދަނީ
އެސައިންމަންޓް ގަނެ ވިއްކުން ހުއްޓުވަން މަތީ ތައުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނަކުން 59 އިންސައްތަ ފާސްވާންޖެހޭ ގޮތަށް ހަދަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، (އެމްކިއުއޭ) އިން ނިންމައިފިއެވެ.
Advertisement

މަތީ ތައުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ހަދަން ޖެހޭ އެސައިންމަންޓް ގަނެ ވިއްކުމުގެ މައްސަލައަކީ މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، (އެމްކިއުއޭ) ސީއީއޯ ފިޒާނާ ރަޝީދު ދައުލަތުގެ މީޑިއާ އާ ވަހަކަ ދައްކަވަމުން ވިދާޅުވީ ކޯސްތަކުގައި ދަރިވަރުން ހަދަން ޖެހޭ އެސައިންމަންޓްތައް އެހެން މީހުން ލައްވާ ހައްދަމުން ދާ މައްސަލަތައް އަންނަކަމަށެވެ. އަދި އެސައިންމެންޓް ތައްޔާރުކޮށް އެކަމުގެ ވިޔަފާރިވެސް ބަޔަކު ކުރަމުން އަންނަކަމަށެވެ. 

ފިޒާނާ ރަޝީދު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ހަދަންޖެހޭ އިމްތިހާންތަކުން 50 އިންސައްތަ ފާސްވެގެން ނޫނީ އެކޯހަކުން ފާސްނުވާނެ ގޮތް ހެދުމަށް ނިންމާފައިވާކަމަށެވެ. 

މި ބަދަލު ގެންނަން ނިންމީ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ފަހުކަމަށާއި މި ނިންމުން ވަރަށް އަވަހަށް އާއްމުކުރާނެކަމަށްވެސް ފިޒާނާ ވިދާޅުވިއެވެ. 

މި ބަދަލާއި އެކު އެސައިންމަންޓްގެ ބައި ކުޑަވެގެންދާނެކަމަށާއި އަދި އޭރުން އެސައިންމަންޓް ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓޭނެކަމަށްވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، (އެމްކިއުއޭ) ސީއީއޯ ފިޒާނާ ރަޝީދު ފާހަގަކުރެއްވިއެވެ.

މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެއްކަމެކެވެ. އަދި އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާކޮށް އެ ދަރިވަރަކު ކިޔަވަމުން ދާ މަރުކަޒަކުން އެކަމާމެދު އަޅަން ބޭނުންވާ ފިޔަވަޅެއް އެޅުމުގެ ބާރު ކޮލެޖްތަކަށް އޮންނަނީ ދީފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް