ads
ފޮޓޯ: ހައުސިން މިނިސްޓްރީ
ކުރެންދޫ އަދި ތިނަދޫ، ހައުސިން ޔުނިޓުތަކުގެ ބޮޑުބައެއް ނިމިއްޖެ
ޅ. ކުރެންދޫގައާއި ގދ. ތިނަދޫގައި އަޅާ ހައުސިން ޔުނިޓުތަކުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
Advertisement

ޅ. ކުރެންދޫގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު އެއްކޮށް ނިންމާލެވޭނެކަމަށެެވެ. 

އަދި މިހާރު މި މަސައްކަތުގެ 47 އިން ސައްތަ ނިމިފައިވާކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި މަސްރޫއުގެ ޢަމަލީ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު، މަސައްކަތް ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓޭޑާ އެވެ. މިއީ ޑިޒައިން ބިލްޑް އުސޫލުން ކުރިއަށްގެންދާ މަސްރޫއެކެވެ.

ކުރެންދޫގައި ތަރައްގީކުރާ މި މަސްރޫއު އެސްޖޭއާއި ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހުގައެވެ. މި މަސްރޫއުގެ ދަށުން އެ ރަށުގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓްގެ ފުލެޓު އިމާރާތްތަކަކީ، 10 ފަންގިފިލާގެ އިމާރާތްތަކެއް ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މި މަޝްރޫއުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުޅި މަޝްރޫޢުގެ %47 މަސައްކަތްކަތް ވަނީ ނިމިފައިކަމަށާއި އިމާރާތުގެ ކޮންކްރީޓް ގިނަ މަސައްކަތްތައް ވެސް މިހާރު ވަނީ ނިމިފައިކަމަށެވެ.

މީގެ އިތުރުން ގދ. ތިނަދޫގައި ވެސް ސަރުކާރުން ގެންދަނީ 200 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ 47 އިންސަތަ މިހާރު ވަނީ ނިމިފަ އެވެ.

ޑިޒައިނިން އެންޑް ބިޑް އެސޫލުން ކުރިއަށްގެންދާ އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސްރޫއެކެވެ.

ތިނަދޫގައި އަޅާ މި 200 ހައުސިން ޔުނިޓް އަޅަން ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްފައިވާ މި މަސްރޫއަކީ 540 މިލިއަން ރުފިޔާގެ މަސްރޫއެކެވެ.

މި ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް