ads
ސްރީ ލަންކާގައި ރިޔާސީ އިންތިހާބުގައި ވޯޓު ގުނުން ދެވަނަ ބުރަކަށް ގޮސްފި
ލަންކާ ރިޔާސީ އިންތިހާބުގައި ވޯޓު ގުނުން ދެވަނަ ބުރަކަށް
ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބުމުން، ދެވަނަ ފަހަރަށް ވޯޓު ގުނަން ނިންމައިފި އެވެ.
Advertisement

މިހާތަނަށް ގުނި 6 މިލިއަން ވޯޓުގެ ނަތީޖާ ދައްކާ ގޮތުން %40 ވޯޓާ އެކު އެންމެ ކުރީގައި އުޅެނީ އަނޫރާ އެވެ. ދެ ވަނަ އަށް އެންމެ ކުރީގައި އުޅެނީ %33 ވޯޓާ އެކު ސަޖިތު ޕްރޭމަދާސާ އެވެ. ރައީސް ރަނިލް ވިކްރަމަސިންހަ، %17 ވޯޓާ އެކު އުޅުއްވަނީ ތިން ވަނާގައި ކަމަށް ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.

އިއްޔެ ނެގި ވޯޓުގައި އެ ގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް %75 މީހުން ވޯޓުލާފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ލަންކާގައި ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ތިން ކެންޑިޑޭޓަކު ހިޔާރު ކުރެވޭނެ އެވެ. އެގޮތުން އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 1، ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 2 އަދި ތިން ވަނަ ކެންޑިޑޭޓުގެ ނަމުގެ ކައިރީގައި 3 ޖެހޭނެ އެވެ.

ވޯޓު ގުނުމުގެ ނިޒާމު މިގޮތަށް ބަދަލުކުރާއިރު، ވޯޓު ލުމުގެ ކުރިން އާންމުންނަށް މިކަން އަންގަ އެވެ. އެއީ ވޯޓު ކަރުދާހުގައި އޮންނަ ނަންތަކުން ރައީސްގެ މަގާމަށް ގެނައުމަށް އެ މީހަކަށް ފެންނަ ބަޔަކު އެކެއް، ދޭއް އަދި ތިނެއްގެ ތަރުތީބުން އަތުރާލުމަށެވެ.

ލަންކާ އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައި ވަނީ އެންމެ ގިނައިން ވޯޓު ހޯދި އަނޫރާ ކުމާރު ޑިސަނަޔަކެ އަދި ސަޖިތު ޕްރެމަދާސާގެ ދެމެދުގައި މި އުސޫލުން ވޯޓު ގުނުމަށެވެ. 

މިއީ ސްރީ ލަންކާގެ ތާރީހުގައި ވެސް, ރިޔާސީ އިންތިހާބެއް ދެވަނަ ބުރަކަށް ދިޔަ ފުރަތަމަ ފަހަރެވެ. ދެވަނަ ބުރަކަށް ދިޔުމާއެކު, އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުން ނޫން އެހެން ހުރިހާ ކެނޑިޑޭޓުން ވަނީ ޑިސްކޮލިފައިވެފަ އެވެ. އޭގެ ތެރޭގައި އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް