މި ބައްދަލުވުމުގައި ވަޒީރު ޢަލީ އިހްސާނާއި، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތުގެ އިތުރުން ވަރލްޑް ބޭންކްގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި:
ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވިގޮތުގައި، ކުރިއަށް އޮތީ ސްޓޭކްހޯލްޑަރުންނާއެކު ބިލުތައް މަޝްވަރާކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ވެސް ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.
ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ 10 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި:
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.