ads
ޑިސާނަޔަކަ ކެމްޕެއިން ހަރަކާތެއްގައި: ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރިޔާސީ ރޭހުން ކުރި ހޯއްދެވި އަނޫރާ ޑިސާނަޔަކަ
ލަންކާގެ އާ ރައީސް ވެރިކަމުގެ ހުވާކުރެއްވުން މާދަމާ: ރިޕޯޓު
ސްރީލަންކާގެ ރިޔާސީ އިންތިހާބު ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް އަނޫރާ ކުމާރަ ޑިސަނަޔަކަ ކާމިޔާބުކުރައްވައިފިކަން އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމާއެކު މާދަމާ ހެދުނު ވެރިކަމުގެ ހުވާކުރެއްވުން ތާވަލްކޮށްފި ކަމަށް ލަންކާ ނޫސް ތަކުން ރިޕޯޓްކޮށްފި އެވެ.
Advertisement

ސެޕްޓެންބަރު 21 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކައަކީ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އެވެ. 

ގާނޫނު ހަދާ މަޖިލީހުގައި ޖޭވީޕީ ތަމްސީލު ކުރައްވާ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުމުރުން 55 އަހަރުގެ ދިސާނަޔަކަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާފައި ވަނީ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިއްތިހާދުގެ ކެނޑިޑޭޓުގެ ގޮތުގަ އެވެ. 

އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވަ އެވެ.

މިއީ 2022 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދު ވަޅުޖަހައި، ތެލާއި ބޭހާއި ކައްކާ ގޭސް ފަދަ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ފައިސާ ދެއްކުމަށް ދަތިވުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.

އެ އިގުތިސާދީ ކާރިސާގައި ރައްޔިތުން ނުކުމެ، އޭރު އޮތް ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާ ދެކޮޅަށް މުޒާހަރާކޮށް އޭނާގެ ރަސްމީގެ ގެކޮޅަށް ވަދެ ގަނެ، ރައްޔިތުން ކެކި އުތުރި އެރުމުން ގޯޓާބަޔަފިއްލަވައި، ފަހުން އިސްތިއުފާ ދެެއްވި އެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ރައީސް ކަމުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ވިކްރަމަސިންހަ އެވެ.

މި އިންތީހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހާ އާއި، އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ، އަނޫރާ ކުމާރު ޑިސަނަޔަކެ އަދި ނަމާލް ރާޖަޕަކްސާގެ މެދުގަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ކެންޑިޑޭޓުން އެންމެ ބޮޑަށް އިސްކަންދީފައި ވަނީ އިގުތިސާދީ އިސްލާހުތަކާއި ކޮރަޕްޝަން ނައްތާލުމަށް އަޅާނެ ފިޔަވަޅުތަކަށެވެ.

މި އިންތީހާބުގައި ޑިސަނަޔަކެ ކުރި ހޯއްދެވުން ވަނީ ބޮޑު ހައިރާން ކަމަކަށް ވެފަ އެވެ. ސަބަބަކީ ބާރުގަދަ ލީޑަރުންނާއި މަޝްހޫރުވެރިން ވަކި ކެންޑިޑޭޓަކު ހޮވުމަށް ކެމްޕެއިންކުރެއްވި ނަމަވެސް، އެއިން ކަމެއްގެ އަސަރު އިންތިހާބުން ފެންނަން ނެތުމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް