ސެމީ ފައިނަލްގައި ވެމްކޯ އަތުން ބަލިވެފައި އޮތް ޕޮލިސް ކްލަބް ފައިނަލަށް ދިޔައީ، ވެމްކޯ ޓީމު ޑިސްކޮލިފައި ކުރުމުންނެވެ. ފައިނަލްގައި ޕޮލިސް ކްލަބު ކުޅުނީ އެމްޕީއެލްއާއެވެ.
އެމްޕީއެލްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު، ޕޮލިސް ކްލަބުން ކާމިޔާބު ކުރީ، އަށް ލަނޑު ތިން ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މިއީ، ޕޮލިސް ކްލަބުން މިއީ ޕޮލިސް ކްލަބުން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އައި ކްލަބް މޯލްޑިވްސް ކަޕަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، ފާއިތުވި ތިން އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.