ads
އެފްއޭއެމްގައި ފުލުހުން އަދި އެފްއޭއެމްގެ މުވައްޒަފެއް - ފޮޓޯ މިހާރު
ފީފާގެ ޓީމެއް މާލެ އަންނަނީ
ބޮއްސުންލާފައިވާ އެފްއޭއެމްގެ ކަންކަން ބެލުމަށް ފީފާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަ ޖެހިއްޖެއެވެ.
Advertisement

މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ދިވެހި ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ކަންކަން ހަމައަށް އެޅުވުމަށް މާލެ އަންނަ ފީފާގެ ޓީމުން މަސައްކަތް ކުރާނީ، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއެކުއެވެ. މި ޓީމު މި ހަފްތާ ތެރޭ އަންނާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ފީފާ އިން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަށް އެހީވުމަށް ފީފާ ވަފްދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފީފާގެ ވަފްދެއް ރާއްޖެ އަންނައިރު، އެފްއޭއެމްގެ ހާލަތު އޮތް ގޮތް ކިޔައިދެމުން، ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން، ކުރީގެ ކުޅިވަރު ވަޒީރު ވިދާޅުވީ އެފްއޭއެމްގެ އެކައުންޓަކު އެއްވެސް ލާރިއެއް ނެތްކަމަށާއި، ލާރިއެއް ވަނަސް ވަގުތުން ކަނޑާލާ ކަމަށެވެ. ޒުހޫރު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ފަށަން ޖެހިފައި ވަނީ "މައިނަސް" އިން ކަމަށެވެ. ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ އެކައުންޓްތައް، ނޯމަލައިޒޭޝަން ކޮމިޓީއަށް އޮޕަރޭޓް ކުރެވޭނެ ހާލަތަކަށް އަދި ވެސް ގެނެވިފައި ނެތް ކަމަށެވެ. އެކަމަކު ބޭންކަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހޯދައި މިހާރު ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ މަހު، 19 ވަނަ ދުވަހު، ފީފާ އިން އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ ފައިނަލް ކުރިއިރު، ޗެއާމަނަކަށް ހަމަޖެއްސީ، ކުރީގެ ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި، ޒުހޫރު އެވެ. ނޯމަލައިޒިން ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް