އެސްބީއައިއިން ރިޔާޒާއި ދެކޮޅަށް ދައުވާކުރީ އޯވާ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި ދޫކޮށްފައިވާ 5،900،000ރ. އެއްބަސްވުމުގައިވާ ގޮތަށް އެ ފައިސާ ނުދައްކަައިގެންނެވެ. މި މައްސަލާގައި ރިޔާޒާއި އޭނާގެ އާއިލީ ކުންފުނި ހިމެނޭގޮތަށް ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
ބޭންކުން ވަނީ ރިޔާޒާއި އޭނާގެ އައިލީ ކުންފުނިން ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދިފައެވެ. އަދި އެ ފައިސާ އެއްކޮށް އެއްފަހަރާ ނުދެއްކޭނަމަ ލޯނާއި ގުޅިގެން ރަހުނު ކޮށްފައިވާ ތަކެތި ވިއްކާލުމުގެ ހުއްދައެއްވެސް ބޭންކުން ވަނީ އެދިފައެވެ.
ބޭންކުގައި ރަހުނުކޮށްފައިވާ ތަކެތި
ދެ ދައުރު ވިލުފުށި ދާއިރާގެ މެންބަރު ކަން ކުރެއްވި ރިޔާޒު ވަނީ އެންމެފަހުން ބޭއްވި ރައްޔިތުން މަޖލީހުގެ އިންތިހާބުގައިވެސް އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށްފައެވެ.