މި އައު އުސޫލުގެ ދަށުން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނެ މުއްދަތުތައް ވަނީ ކަނޑައަޅާފައެވެ.
މީގެ ތެރޭގައި:
މީގެ އިތުރުން، ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހެއްޓޭ އުޅަނދުތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ހާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ ތަހުގީގު ނިމުމަށްފަހު ހަތް ދުވަހުގެ ތެރޭގައެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އައު އުސޫލުތަކުގެ މަގްސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމެވެ.