ads
މިފްކޯއާއި އެގްރިކަލްޗާ މިނިސްޓްރީން މަޝްވަރާކުރުން
މިފްކޯގެ ސައިޓްތަކުގައި ދަނޑުވެރިކަން ކުރަން މަޝްވަރާކޮށްފި
މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަން ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިފްކޯ އަދި އެގްރިކަލްޗާ މިނިސްޓްރީގެ އިސްބޭފުޅުންނާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

މިފްކޯގެ ހެޑް އޮފީހުގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ އެ ކުންފުނީގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާ ކުރުމަށް މަޝްވަރާކޮށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިކަމަށް މިފްކޯއިން ބުނެ އެވެ. 

މިފްކޯގެ ސައިޓްތައް ކަމަށްވާ ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާއިމެދުވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައިކަމަށް މިފްކޯއިން ބުނެއެވެ. މީގެ އިތުރުން ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތާއި މެދުވެސް މަޝްވަރާ ކުރެވުނުކަމަށް ފާހަގަކޮށް މިފްކޯއިން ބުނީ ހާއްސަގޮތެއްގައި މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ.

your imageމިފްކޯއިން އެގްރިކަލްޗާ މިނިސްޓްރީއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން 

މި މަޝްވަރާ ބައްދަލުވުމުގައި އެގްރިކަލްޗާ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފަ އެވެ. އޭގެ ތެރޭގައި މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި، ގަސްހަގާއި ގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުން ހިމެނެއެވެ. މީގެ އިތުރުން އެކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް ވަނީ ގިނަ މަޝްވަރާތަކެއް ކުރެވިފައިކަަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

"ސީއެންއެމް" އަށް މައުލޫމާތުދެމުން މިފްކޯގެ މީޑިއާ އޮފިޝަލު އިބްރާހިމް ސައީދު(ކޭޑު) ވަނީ މިފްކޯއިން ދަނޑުވެރިކަމަށް އިސްކަންދޭން ޖެހުނު ގޮތުގެ ވާހަކަ ހިއްސާކުރައްވާ މިފްކޯއިން ދަނޑުވެރިކަން ފުޅާކުރަން ނިންމާފައިވާގޮތުގެ ވާހަކަ މައްޗަށް އަލިއަޅުއްވާލާފަ އެވެ. 

"މިފްކޯގެ އެފިޝެންސީ ޕްރޮގްރާމްއެއް ބޭއްވި ކަނޑުއޮތްގިރީގައި، އެ ޕްރޮގްރާމްގައި އެފްިޝެންޓްކޮށް މިފްކޯ ހިންގުމަށޓަކައި ހަރަދުކުޑަކުރުމަށްވުރެ ބޮޑަށް އިސްރާފުކުޑަކޮށްފައި ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަނަަލް ކޮސްޓަކީ ނުކޮށް ވާނެ ކަމެއް ނޫން މިސާލަަކަށް ބޯޓުތަކަށް ތެޔޮ ނާޅައެއް ނުއެއް ދުއްވޭނެ، މަހެއް ނުކިރޭނެ، މިވާހަކަތައް އަހަރެމެން އައީ ދައްކަމުން އަަަހަރެމެންގެ ބިޒްނަސް ޑައިވާސިފައި ކުރުމަށް ވުރެއް ބޮޑަށް އަހަރުމެންގެ ބިޒަނަސް ޑިވެލޮޕކޮށްގެން ކިހިނެއްތޯ އަަހަރެެމެން ގަންނަ އެއްޗެހި، މުޅި މިފްކޯ ކުންފުނި އޮޕަރޭޝަންގައި އެބަ ތިބި ގާތްގަނޑަަކަށް 2000 އެއްހާ މުވައްޒަފުން، ތިބޭއިރުގައި ސައިޓްތަަކާ މިތަންތަނަކީ ވަރަށް ބޮޑު ކޮސްޓެއް ހިނގާ ތަންތަން، ހަަމއެކަނި ސަޕްލަޔަށް ބެލިއަސް" މިފްކޯގެ މީޑިއާ އޮފިޝަލު ކޭޑު ވިދާޅުވި އެވެ.

މިފްކޯއިން އަބަދުވެސް ދައްކަމުން އަންން ވާހަަކައަކީ ހަރަދުތައް މެނޭޖް ނުކުރެވުމުގެ ވާހަކަ ކަމަށާއި އާންމުކޮށްމަސްވެރިކަން ދަށް ދުވަސްވަރުގައި ބާނާ މަސް ނުކިރާފިއްޔާމުން ވިޔަފާރިއެއްކޮށް ބަގުރޫޓު ވެ ހިނގައިދިއުން އެއީ ދުރުގައި އޮތްކަމެއް ނޫންކަމަށް ކޭޑް ވިދާޅުވި އެވެ. 

"މުވައްޒަފުންގެ ހިޔާލުތައް ހުރީ ގިތެޔޮ މަސްވެސް ހަދަނީ ކަނޑޫދޫއިްނ މިރުސް ގަނެގެން ނޫންހެއްޔޭ، އަހަރެމެނަށް ކީއްވެހޭ އެ މިރުސް ނޫފެއްދެންވީ، އަހަރެމެންނަށް ޓޮމާޓޮވެސް ހެދޭނެ ކާބަދިގެތަކަށް ހަރަދުވެސް އެބަ ދޭ މިލއަނުން މިލިއަނުން، ކިހިނެތްހޭ ވަނީ އަހަރެމެންގެ ބޭނުންތަކަށް، ކޭޓާ ކުރަން، ގަންނަން ޖެހޭ ތަރުކާރީ އާ މޭވާ ގެ ބާވަތްތައް އެބަހުއްޓެއްނޫންހޭ ބިންތައް، ފެލިވަރު އެބައޮތް ފުނައްޑޫ އެބައޮތް، ކޫއްޑޫވެސް އެބައޮތޭ، އެންމެ ކުޑަމިނުން އައްޑޫވެސް އެއޮތީއެއް ނޫންހޭ" ކޭޑް ވިދާޅުވި އެވެ.

އަބަދުވެސް މިފްކޯއިން ދަނޑުވެރިކަން ކޮންމެވެސް ވަރަކަށް  ކުރާކަމަށް ފާހަގަކޮށް ކޭޑް ވިދާޅުވީ ހަގީގަތުގައި ދެމެހެއްޓެނިވި ގޮތަކަށް ދަނޑުވެރިކަން ނުކުރެވޭކަމަށެވެ.

"އަސްލު ހަގީގަތުގައި މިސާލަަކަށް އެއް އަހަރު ދުވަހު ބަކަރު ވއްކާގެން އޭގެން ލިބޭ އާމްދަނީ ނުބައްދަލޭ މީގެން ސައިޓެއްގެ އެއް މަސްދުވަހުގެ ހަރަދަށް، އެ ވިސްނުމުގައި ތިބީ އެއިރުއްސުރެއް މަޝްވަރާކުރަމުން ބަކަރިވެސް ގެންގުޅެން ކުކުޅުވެސް ގެންގުޅެން" ކޭޑް ވިދާޅުވި އެވެ.

މިފްކޯއިންއަށް ވިސްނުނީ މިހާރު އޮތް އެގްރިކަލްޗާ ސްޓައިލް ބަދަލުކޮށް، ކަމުގެ މާހިރުން ގެނެސް އެމީހުންނާ ވާހަކަ ދައްކައިގެން، އެމީހުންގެ މައުލޫމާތު ބިނާކޮށް، ދަނޑުވެރިކަން އިތުރަށް ފުޅާކޮށްފިކަމަށް ވާނަމަ މިހާރު މިފްކޯއަށް ބޭނުންވާ ސަޕްލައިއަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ކަމަށްކަން ކޭޑް މައުލޫމާތުދިނެވެ. 

ގަަންނަން ޖެހޭ ބައިގެ ބަދަލުގައި މުވައްޒަފުންނާ ހިއުމަން ރިޒޯސަސްއަށް ވަސީލަތާ ތަމްރީން ބޭނުންކޮށްގެން ތަރުކާރީގެ އެކި ބާވަތަތައް އުފެއްދޭނަކަމަށާއި މިފްކޯއަށް ބޭނުންކުރާވަރަށް އުފައްދާފައި ބާކީ ވެއްޖެ ކަމަށްވަނީނަނަމަ އެއެއްޗެހި ބާޒާރަށްވެސް ނެރެވޭނެކަމަށް ކޭޑް ވިިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް