ads
އެމްޑީއޭއާ ޕީއެންސީ ބޭއްވި މަޝްވަރާތަކުގެ ތެރެއިން
ޕީއެންސީން މެމްބަރުން އިތުރުކުރަން ބިރުދައްކާ ކޮރަޕްޝަން ހިންގާ: އެމްޑީއޭ
ޕީއެންސީންއަށް މެމްބަރުން އިތުރުކުރަން ކޮރަޮަޝަން ހިންގާ މުވައްޒަފުންނަށް ބިރު ދައްކަމުންދާކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
Advertisement

ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީއަށް މެމްބަރުން އިތުރުުކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ކުންފުނިތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަށެވެ. އެގޮތުން މެމްބަރުން އިތުރުކުރުމަށް ކުންފުނިތަކަށް ބިލްކުރާ ގޮތަށް ދަތުރުކުރާކަމަށް ވިދާޅުވެ އެކަމަކީ ރައްޔިތުންގެ ފައިސާއަށްް ގައްދާރުވުންކަމަށްް އައްބާސް ވިދާޅުވި އެވެ. 

"...ރޯމާ ދުވާލު ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ހުއްޓާލަން ޖެހޭ" އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެ އެވެ.

ސަރުކާރަށް ކޮރަޕްޝަން ތުހުމަތު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓުގެ އިތުރުން މުވައްޒަފުންނަށް ސަރުކާރުގެ ވަޒީރުން ވަޒީފާގެ ބިރު ދައްކަމުން ގެންދަވާކަމަށް ބުނެ އައްބާސް އެފްބީގައިވެސް ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. 

އެ ޕޯސްޓްގައި އައްބާސް ވިދާޅުވީ ފެނިގެންދަނީ އެމްޑީއޭއަށް ހައްގުވާ ހިއްސާ ނުދީ ކޯލިޝަންގެ އެގްރިމެންޓްގައިވާ ވަޒީފާތައް ނުދީ އެމްޑީއޭ ކުރިއަރާ ރައްޔިތުންގެ ތާއީދު އެޕާޓީއަށް އިތުރުވަމުންދާ ތަން ފެނުމުން އެކަން ހަޖަމް ނުވެގެން އުޅޭ މަންޒަރުކަމަށެވެ. 

"އެމްޑީއޭއަށް ދީފައިވާ މަދު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވަޒީރުން ވަޒީފާގެ ބިރު ދައްކާ ޕީއެންސީއަށް 10 ފޯމް ނުގެނެސްފިނަމަ ވަޒީފާއިން ވަކިކުރާނެކަމަށް ބުނުމަކީ ލަދުވެތިކަމެއް." އައްބާސް އެފްބީގައި ކުރެއްވި ޕޯސްޓްގައިވެ އެވެ.

އައްބާސް ވިދާޅުވީ ކޯލިޝަން އެއްބަސްވުން ހަދާ ސޮއިކުރުމުގެ ކުރިން ދެކި ވާހަކަތައް ހަދާން ނެތުމަކީ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދޭކަމެއްކަމަށެވެ. 

" އެދުވަހު ކޯލިޝަން އެގްރިމެންޓް ހަދާ ސޮއިކުރުމުގެ ކުރިން މާތް ﷲ ގަންދީ ހުވާކޮށްފައި ވިދާޅުވި ބަސްފުޅުތައް މަތިން ހަދާން ނެތިމަކީ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދޭކަމެއް. " ސަރުކާރު ހިންގާ ޕީއެންސީއަށް ފާޑު ވިދާޅުވެ އައްބާސް ކުރެއްވި ޕޯސްޓްގައިވެ އެވެ.

ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަށް ނޮވެމްބަރު މަސް އައުމުގެ ކުރިން ޕީއެންސީއަށް 75000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި އެކަމަށް އެކު އަތޮޅުތަކަށް އެޕާޓީން އަންނަނީ ދަތުރުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް