ads
މާލޭގެ ހަދާފައިވާ ޕާކިން ސަރަހައްދެއް.
މާލޭގެ ތަންތަނުން ޕާކިން ސްލޮޓް ދޫކުރުން ހުއްޓާލަން ސިޓީ ކަައުންސިލަށް އަންގައިފި
މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް ދޫނުކުރުމަށާ މިހާރު ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އާ ނުކުރުމަށް މާލެ ސިޓީ ކައުންސިލަށް ޓްރާސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
Advertisement

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ އެންގުމަކީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ މަގުތައް ބޭނުން ކުރުމުގައި ދަތިވެފައިވާތީ އާއި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކު ގައި މާލޭގެ ތަންތަނަށް ގޮސް ވަގުތީ ގޮތުން ޕާކު ކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހި ކުރުމަށާ އެންމެހައި ރައްޔިތުންނަށް ހަމަހަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތަށް ބޭނުން ހިފޭ ގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން އެންގި އެންގުމެއް ކަަމަށް ވެސް ބުންޏެވެ.

"މާލޭ ސިޓީ ކައުންސިލުން މިއަދާއި ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށްވެސް އެ ކައުންސިލަށް އަންގާފައިވާނެ ވާހަކަ ދަންނަވަން،". އެ ވުޒާރާގެ އިއުލާނުގައި ވެއެވެ.


މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް ދޫކުރަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އެ ނިންމުމަށް އޭރު ވެސް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. އަދި ސްލޮޓްތައް ދޫކުރި ގޮތާމެދު ވެސް ގިނަ ސުވާލުތަކެއް އާންމުން އުފެއްދި އެވެ.

ސްލޮޓްތައް ކުއްޔަށް ދިން ގޮތާއި ކުއްޔަށް ދިނުމުގެ މަރުހަލާ ކައުންސިލުން ހިންގި ގޮތާއި އެ ނޫން އެތައް ކަމެއްގައި ނާޖާއިޒު ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމުގެ ތުހުމަތު އޮތެވެ. އޭރު އެކަން ކުރީ ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ޕާކު ކުރާނެ އެކަށީގެންވާ ޖާގަ ނެތް ކަމަށް ބުނެ އެވެ.

މާލޭ މަގުތަކާއި ބައެއް ހުސް ތަންތަނުން ޕާކިން ޖާގަ ހެދުމަށް ފަހު ކުއްޔަށް ދޫކުރަން ސިޓީ ކައުންސިލުން ނިންމައި، ފުރަތަމަ އިއުލާންކުރީ މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރުމަށެވެ.

އެ ސްލޮޓްތަކަށް 1000 އާ ގާތް ކުރާ އަދަދަކަށް މީހުން ކުރިމަތިލުމުން ކައުންސިލުން ވަނީ ގުރުއަތު ނަގައިގެން އެ ސްލޮޓުތައް ދޫކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް